ތަމްރީނުތަކެއްގައި އެމްއެންޑީއެފުން މިއަދު ބަޑިޖެހުމުގެ ހަރަކާތެއް ބާއްވަނީ

މިއަދު ކަޅުތުއްކަލާ ކޮށީގައި ސިފައިން ކުރިއަށްގެންދާ ތަމްރީނެއްގައި ބަޑިޖެހުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 10:30 އިން 14:00 އަށް ކަމަށެވެ.

މި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށާއި ބަޑިޖެހުން ކުރިއަށް ދާނީ ހަމައެކަނި ކަޅުތުއް ކަލާކޮށީގައި ކަމަށް ވެސް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!