ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ދިރާގުން ކެއާ ސޮސައިޓީއަށް އެހީވެއްޖެ

ދިރާގުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއަރ ސޮސައިޓީއިން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން އުފެއްދުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އެކުދިން ބޮޑުވެގެން ދާއިރު އަމިއްލައަށް ކޮންމެވެސް ކަހަލަ އާމްދަނީއެއް ހޯދާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން މި ސެންޓަރުން، ކޮމްޕިއުޓަރ ސްކިލްސް، ފެހުން، ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވީ ދިރާގު ފަދަ ކުންފުނި ތަކުގެ އެހީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުންފުނިތަކުން އެންޖީއޯތަކަށް އެހީތެރިކަން ލިބޭ ނަމަ، ދެމެހެއްޓެނެވި ގޮތަކަށް މި ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި މިދިއަ ތިން އަހަރު ގެންދެވުނީ ދިރާގުން އެހީގައި ކަމަށެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިނަން އެހީތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް އިސްކަމެއް ދެއެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ފަށަން އެހީ ވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!