އެކައުންޓެބިލިޓީ ކޯޓަށް ނަވާޒް ޝަރީފުގެ ދަރިކަނބަލުން ހާޒިރު ކުރަން އަމުރު ނެރެފި

ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް އެ ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފި އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ ލަންޑަނުގެ އެޕާޓްމަންޓްތައް ގަތް މައްސަލާގައި މަރިޔަމް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އެކައުންޓެބިލިޓީ ކޯޓު ނުވަތަ އެންޓި-ކޮރަޕްޝަން ކޯޓަށް މަރިޔަމް ހާޒިރު ކުރަނީ މި މަހު 19 ވަނަ ދުވަހު އެވެ.

ކޮރަޕްޝަނުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފާއި މަރިޔަމް ނަވާޒް އަދި އޭނާގެ ފިރިކަލުން ކެޕްޓަން ސަފްދާރުގެ މައްޗަށް އެކައުންޓެބިލިޓީ ކޯޓުން ކުރިން ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެ ތިން މީހުންގެ ހުކުމް އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.

އެކަމަކު އަލް އަޒީޒިއާ ސްޓީލް މިލްސްގެ މައްސަލައިގައި ނަވާޒް ޝަރީފުގެ މައްޗަށް ކުށް ސާބިތުވެ ޑިސެމްބަރު 24، 2018 އިން ފެށިގެން ގެންދަވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!