ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޯޓަށް ހާޒިރުކުރައްވާނެކަން މާކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ އަބްދުއްރަހީމް ދޮޅު މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެންފައެވެ. 

މިއަދު ރައީސް ޔާމީން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް އަބްދުއްރަހީމް ވިދާޅުވީ، ކޯޓަށް ހާޒިރުވެވަޑައިގެން އެމަނިކުފާނު ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

“ރައީސް ޔާމީން ކޯޓަށް ހާޒިރުކުރާނެކަން އަޅުގަނޑުމެންނަށް އެނގޭ މާކުރިންވެސް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަދި އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއްޔާ ކޯޓަށް ވަޑައިގަންނަވާނެ،” ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު އިދިކޮޅުގައި މަސައްކަތްކުރައްވަން ހުންނެވުމަކީ މި ސަރުކާރަށް ކެތްކުރެވޭ ކަމަކަށް ނުވާނެ ކަމަށެވެ.

  1. ކަޅުކާޅު ކުލޫނީ އާ މަސްކާށި ހުސްނީ އަރާފަ ރޭނިސް ބެ އަނގަދަށުން ވެސް ނޭރި ރައްޔިތުން ހާދަމަލާމަތް ކުރެއޭ!!!!!

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!