ފޮޓޯ: ގޫގުލް

އަދީބުގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ, ބޭރުން ނޫނީ ފަރުވާ ދެވޭކަށް ނެތް: ނަޝްވާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ހުރިހާ ޑޮކްޓަރުން ވެސް ވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ލޮލަށް ފަރުވާ ހޯދުމަށް ލަފާ ދެއްވާފަ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.


އަދީބުގެ ލޮލަށް ސީރިއަސް ސިއްހީ މައްސަލައެއް ކަމަށްވާ ގްލައުކޯމާ ޖެހިފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ދިޔުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އައިކެއާ ޑޮކްޓަރަކު ލަފާ ދެއްވި އެވެ. ނަމަވެސް އަދީބު ބޭރަށް ފޮނުވުމަށް އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ. އޭގެފަހުން އަދީބުގެ ލޮލުގެ ހާލަތު އިތުރަށް ދަށްވެފައިވާ ކަމަށް އާއިލާއިން ހާމަކޮށްފައިވާ ލިޔުންތަކުން ހާމަވެ އެވެ.

މި ސަރުކާރު އައި ފަހުން އަދީބުގެ ލޮލުގެ މައްސަލަ ފުރަތަމަ ފަހަރަށް ވަނީ މެޑިކަލް ބޯޑަށް ހުށަހަޅާފަ އެވެ. މީގެކުރިން އަދީބު އެދުމުން ވެސް އެކަން ނުކޮށްދެ އެވެ. އެ މައްސަލަ އޭނާ ކޯޓަށް ވެސް ހުށަހެޅި އެވެ.

ނަޝްވާ ވިދާޅުވީ މި ސަރުކާރުން ވެސް އެންމެ ފުރަތަމަ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި އައިޖީއެމްއެޗްއަށް ގްލައުކޯމާގެ ހާއްސަ ޑޮކްޓަރެއް ގެނައި ކަމަށެވެ. އެ ޑޮކްޓަރަށް އަދީބު ދެއްކުމުން އޭނާ ވެސް ލަފާ ދެއްވީ ބޭރަށް ދިޔުމަށް ކަމަށެވެ. ސަރުކާރުން އަދީބުގެ މައްސަލަ މެޑިކަލް ބޯޑަށް ހުށަހެޅީ އެހެންވެ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

މެޑިކަލް ބޯޑުން އަދީބު ބޭރަށް ފޮނުވުމަށް ލަފާ ދިނުމާއެކު ސަރުކާރުން ވަނީ އެ ހުއްދަ ދީފަ އެވެ. އަދީބު ބޭސް ފަރުވާއަށް ފުރާއިރު އޭނާއާއެކު، ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ދާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.


ނަޝްވާ ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަކީ އަދީބުގެ ވެސް އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އޭނާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.




  1. ތިކަހަލަ މީހެއްގެ ފެނުން ގެއްލުން މާރަންގަޅުވާނެ ފެނުމަށްވުތެން

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!