ރެސިޕީ: ފިހުނު ރަތްމަސް

ބޭނުންވާނެ ތަކެތި:

  • 1 ފިޔާ
  • އިނގުރު ކޮޅެއް
  • 1 ލުނބޯ
  • ބޮޑު މިރުސް (ބެލް ޕެޕަރ – 3 ކުލައިން)
  • 3 ސ ސެސަމެ އޮއިލް
  • 3 ސ އޮލިވް އޮއިލް
  • 3 ސ އޮއިސްޓަރ ސޯސް
  • 2 ސ ލޮނުމެދު ޕައުޑަރ
  • ލޮނު / އަސޭމިރުސް ރަހަލާވަރަށް
  • 1/2 ސ ތެޅި މިރުސް
  • 1/2ސ ފިޝް ސޯސް
  • ކޮރިއެންޑަރ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ފިޔާ އަދި ބެލްޕެޕަރ ފޮއިލްގަނޑެއްގައި ފަތުރާލާށެވެ. އެއަށްފަހު މަސް ބޭއްވުމަށްފަހު އޭގެ މައްޗަށް ފިޔާ ކޮޅެއް އަޅައި މަހުގެ ޅިޔަ އަޅާފައި ހުރި ދޭތެރެ ތަކަށް އިނގުރު ފޮތިލާށެވެ. އެއަށްފަހު، ލޮނު، އަސޭމިރުސް، ލޮނުމެދު ޕައުޑަރ އަޅާލާށެވެ. ދެން ކޮރިއެންޑަރ ފަތް ކޮޅު އަޅާފައި އޮލިވް އޮއިލް، ސެސަމެ އޮއިލް، ފިޝް ސޯސް، އޮއިސްޓަރ ސޯސް އަދި މިރުސް އަޅާފައި ލުނބޯ ފަޅިކޮށްފައި ބާއްވާލާށެވެ. އެއަށްފަހު ފޮއިލް ގަނޑު ރަނގަޅަށް ބަންދުކޮށްލުމަށް ފަހު އަވަނުގައި ފިހެލާށެވެ.

ތައްޔާރު ކުރާނެ ގޮތުގެ ވީޑިޔޯ

ފިހުނު ރަތްމަސް
ނަޖޫގެ ޓްވީޓް

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!