ރެސިޕީ: އަލަނާސި ޕުޑިންގް

ރޯދަމަހު ސުފުރާމަތި ފަޅުފިލުވާލުމަށް ތަފާތު ފޮނި އެއްޗެއް ބޭނޫން ނަމަ އަލަނާސި ޕުޑީންގ އަކީ އެންމެ ރަނގަޅު ބާވަތެވެ.

އަލަނާސި ޕުޑިން ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

  • 7 ބިސް
  • 1 ދަޅު ގެރިކިރު
  • 1 ޖޯޑު ވިޕްޑް ކްރީމް
  • 5 ފޮތި ދަޅު އަލަނާސި
  • 2 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް: ތައްޓެއްގައި ގެރިކިރު ދަޅު އަދި ބިސް ރަނގަޅަށް އެއްކޮއްލާނީއެވެ. އެއަށްފަހު ޓްރޭއެއްގައި ހަކުރުކޮޅު ކެރަމަލް (ގޯލްޑެން ބްރައުން) އަށް ވަންދެން ކައްކާލާނިއެވެ. ކެރަމަލް ކޮޅު މަށްޗަށް ތައްޔާރު ކުރި ކްރީމް އެޅުމަށްފަހު ފިހެލާނީއެވެ. ވިޕްޑް ކްރީމް އާއި އަލަނާސި އެއްކޮއްލުމަށް ފަހު ޕުޑިންގ މައްޗަށް އަޅާލާނީއެވެ.

އަދުގެ ޓިޕްސް: ކައިފައި އިތުރުވާބައި އުކާނުލާ ބަހައްޓަވާ، އޭގެން ތަފާތު އެއްޗެއް ތައްޔާރު ކޮއްލައްވާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!