ރެސިޕީ: އޯރިއޯ މިލްކްޝޭކެ

އަޅުގަނޑުމެން ރޯދަ ވިއްލުމުގައި ބޭނުން ކުރާ އެންމެ މުހިންމު އެކަށްޗަކީ މީރު، ފިނި ބުއިމެކެވެ. ހޫނު ގަދަ މި ދުވަސް ވަރު ކަރު ހިކުން ފިލުވާލުމަށް މި ރޯދަމަހު މިކަހަލަ ބުއިމެއް ތައްޔާރު ކޮށްލުން ކިހިނެއް ވާނެތޯއެވެ.؟

އޯރިއޯ މިލްކްޝޭކެ ތައްޔާރު ކުރުމަށް ބޭނުން ވާނެ ތަކެތި:

  • 2 ސަމްސާ ޗޮކްލެޓް ސިރަޕް
  • 6 އޯރިއޯ ބިސްކޯދު
  • 1 ތަށީ ކިރު ( ހޯލް މިލްކް)
  • 3 މޭޒުމަތީ ސަމްސާ ގެރިކިރު
  • 3 މޭޒުމަތީ ސަމްސާ އައިސްކްރީމް ( ޗޮކްލެޓް)

ތައްޔާރު ކުރާނެ ގޮތް: ޗޮކްލެޓް ސިރަޕް ފިޔަވާ ހުރިހާ އެއްޗެއް މިކްސަރަށް އަޅާ ރަނގަޅަށް، ހުރިހާ އެއްޗެއް އެކުވަންދެން ގިރާލާނީއެވެ. އެޔައްފަހު ތައްޓައް އަޅާލުމަށް ފަހު، ޗޮކްލެޓް ސިރަޕް ކޮޅު މައްޗައް އަޅާލާނީއެވެ. މީރު މީރު އޯރިއޯ މިލްކްޝޭކް ތައްޔާރު ވީއެވެ.

އަދުގެ ޓިޕްސް: ބަޓަރުން އަވަހަށް ގަޑުފިލުވަން ބޭނުން ނަމަ ތައްޓެއްގެ ތެރެއަށް ލުމަށްފަހު ސައިބޯން ގެންގުޅޭ ޖޯޑަކުން ކަވަރުކޮށްލާށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!