ރެސިޕީ : ފަސޭހަ މީރު ބިސްކޯދު ޕުޑިންގް

މިއީ ވަރަށް މަދު ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ވަރަށް ފަސޭހަ ވަރަށް މީރު ފޮނި އެއްޗެކެވެ.

ބޭނުންވާތެކެތި:

1 ނެސްލޭ ކްރީމް
45ގ ކޮކޯ ޕައުޑަރ
1 ބިސް
120ގ މާޖިރިން
250ގ އައިސިން ޝުގަރ
1 ޖޯޑު ދިޔާ ކިރު
1 ޕެކެޓް މާރީ ބޮސްކޯދު

ހަދާނެގޮތް:

  1. ނެސްލޭ ކްރީމް، ކޮކޯ، ބިސް، މާޖިރިން އަދި އައިސިން ޝުގަރ މިކްސަރަށް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.
  2. މާރީ ބިސްކޯދުތައް ކިރަށްލާ ކުޑަކޮށް ފޯކޮށްލުމަށްފަހު ތަބަކެއްގައި އަތުރާލާށެވެ. ފަހަރެއްގައި ބައެއް ބިސްކޯދު ބިންދާލަން ޖެހިދާނެއެވެ. އެއީ މުޅި ތަބައް ފުރާލުމަށެވެ.  
  3. ކުރިން މިކްސް ކުރެވުނު ޗޮކްލެޓްގަނޑު ސަމްސަލެއް ބޭނުންކޮށްގެން ބިސްކޯދުތަކުގެ މައްޗަށް އަޅާލާ ޗޮކްލެޓް ފަށަލައެއް ހަދާށެވެ.
  4. ކުރިންވެސް ހެދިގޮތަށް ހަދައިގެން ބިސްކޯދުތަކުގެ ދެވަނަ ފަށަލަ އަތުރާށެވެ. އަދި އޭގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްގަނޑުގެ ފަށަލައެއް އަޅާލާށެވެ. ބިސްކޯދާއި ޗޮކްލެޓް ހުސްވަންދެން މިހެން ހަދަމުން ގެންދާށެވެ. މިގޮތަށް ތިން ފަށަލަ ވަރު ހެދޭނެއެވެ.
  5. ބޭނުންވާނަމަ ގާރނިޝް ކޮށްލަން ޕުޑިންގް ގެ މައްޗަށް ކޮށި ކެޝޫ ނަޓް ކޮޅެއް އަޅާލާށެވެ.
  6. ޕުޑިންގް ސެޓް ކުރުމަށްޓަކައި ފްރިޖްގައި 3-2 ގަޑިއިރުވަންދެން ބަހައްޓާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!